ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމައިފި އެވެ...

06 Dec 2021 | 09:42

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 12 ޑިސެމްބަރުން ފެށިގެން  30 ޑިސެމްބަރުގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 12:30 އަށް ފޯމުހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެ  ކަމަށް ވެސް ބުންޏެވެ. އަދި ފޯމުތައް ބަލައިގަތުން ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަކުރެވިގެން މިނިސްޓްރީގައި ޤާއިމްކުރެވޭ ޚާއްސަ ކައުންޓަރުތަކުން ކަަމަށް ވެސް ބުނެފައި ވެއެވެ.

2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަަކަކީ މިވަޤުތު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެެވެ.

1442 ވަނަ އަހަރު މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 ފަރާތަކުން ރަޖިސްޓްރީވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް