އެމްޓީސީސީގެ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން 100 މީހުން ތަމްރީނު ކުރަނީ

އެމްޓީސީސީގެ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން 100 މީހުން ތަމްރީނު ކުރަން ނިންމާ އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ. މިކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ އެމްޓީސީސީގެ ހެޑް އޮފ...

06 Dec 2021 | 08:34

އެމްޓީސީސީގެ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން 100 މީހުން ތަމްރީނު ކުރަން ނިންމާ އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.

މިކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޒުވާނުން ތަމްރީން ކުރުމަށް ޔޫތް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން މީހުން ތަމްރީނު ކުރުމުގެ ފަހުމުނާމައިގާ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއީލެވެ.

މި ފަހުމުނާމާ ތަންފީޒު ކުރެވޭނީ “ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް” މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑެލޮޕްމަންޓް އޮތޯރިޓީން އެ އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގެ މިންގަނޑުތަކާ އެއްގޮތަށެވެ.

ޔޫތް މިނިސްޓްރީއާއެކު މިއަދު ސޮއިކުރި ފަހުމުނާމައިގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށެވެ.

އެމްޓީސީސީގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުން ކަމަށާއި މިއަހަރު ޕްރޮގްރާމްގެ ދަށުން 30 މީހުން ތަމްރީނު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ވެލްޑިންގ, ޕްލަމްބަރ, އިލެކްޓްރިކް މަސައްކަތް, އޮޓޯމޯޓިވް މެކޭނިކް މަސައްކަތް, ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީނު ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

ހުނަވަރު ޕްރޮގްރާމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކި ވަޒީފާތަކަށް ހޯދުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދެބަޔަކަށް ބަހާލާފައިވާ މި ޕްރޮގްރާމުގައި މިއަހަރު ޖަނަވަރީން ފެށިގެން ކުރިއަށްގެންދާ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގައި ކޮންމެ ބައިވެރިޔަކުވެސް ހަ މަސް ދުވަހުގެ މުއްދަތަށް ތަމްރީނު ކުރެވޭ އިރު، ކޮންމެ މަހަކު 3000 ރުފިޔާގެ އެލަވެންސެއް ލިބޭނެ އެވެ. އަދި ވޯކް ސައިޓުގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ނަމަ, ހުރުމާއި ކެއުން ދޭނެ އެވެ.

މީގެ އިތުރުން އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚަރަދު ވެސް ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް