މިދިޔަ ހަފްތާގައި އެންމެ ހުތުރުކޮށް ހެދުން އެޅުނު ބޮލީވުޑް ތަރިން!

މިދިޔަ ހަފްތާގައި ބޭއްވި އެކި ހަފްލާތަކުގައި ބައިވެރިވުމަށް ބޮލީވުޑް ތަރިން އަޅާފައިވާ ހެދުންތަކުގެ ތެރެއިން ހުތުރުކަމުން މީހުންގެ ލޮލުގައި އަޅައިގެންފައިވާ ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމ...

06 Dec 2021 | 08:27

މިދިޔަ ހަފްތާގައި ބޭއްވި އެކި ހަފްލާތަކުގައި ބައިވެރިވުމަށް ބޮލީވުޑް ތަރިން އަޅާފައިވާ ހެދުންތަކުގެ ތެރެއިން ހުތުރުކަމުން މީހުންގެ ލޮލުގައި އަޅައިގެންފައިވާ

ތަރިންތަކެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޕްރިޔަންކާ ޗޯޕްރާ، މޯނީ ރޯއީ، ކިއަރާ އަދުވާނީ އަދި ކްރިތީ ކަރްބަންދާގެ އިތުރުން ނިއްކީ ޓަމްބޮލީ ހިމެނެ އެވެ.

މީގެ ތެރެެއިން ޕްރިޔަންކާ ލަންޑަން ފެޝަން އެވޯޑަށް ލައިފަ ހުރި ހެދުން ފާހަގަ ކުރެވެ އެވެ. އޭނާ އެ ހަފްލާއަށް ދިޔައީ މާޖެހި ހެދުމަކާއި އެކު ހަމަ އެފޮތީގެ ބޮޑު ޓްރެންޗް ކޯޓެއް ލައިގެންނެވެ. ހެދުމުގެ ބޮޑުކަން ދެއްކުމުގެ ގޮތުން އޭނާ މާ ގިނަ ގަހަނާ އަޅައި ގަދަ މޭކަޕެއް ކޮށްފައެއް ނުވެ އެވެ.

އެކަމަކު ޕްރިޔަންކާގެ އެ ސްޓައިލް މީހުންނަށް މާ ކަމަކު ނުދިޔަ އެވެ.

https://www.instagram.com/p/CW5hMMDDCeT/

މޯނީ މިދިޔަ ހަފްތާގައި ތަފާތު ހެދުމެއް އަޅާލީ ފެޝަން ޑިޒައިނަރު ރޮކީ އެސްގެ ފޮޓޯ ޝޫޓަކަށެވެ. އޭނާ ލައިގެން ހުރީ ލެދާ ފޮތީގެ ހެދުމުން ދައްކައިދީފައިވަނީ "ކެޓްވުމެން" އެވެ. ބަރު ގަހަނާތައް އެ ހެދުމާއި ގުޅުވައިގެން އަޅާފައި ވާއިރު އޭނާގެ ސްޓައިލިސްޓުން ބުރަ މަސައްކަތެއް ކޮށްފަ އެވެ.

އެކަމަކު މޯނީގެ އެ ފެޝަން އާންމުންނަކަށް އަދި ދާއިރާގެ މީހުންނަށް މާކަމަކު ނުދިޔަ އެވެ.

https://www.instagram.com/p/CW3IPbINiiY/

ކިއަރާ މިދިޔަ ހަފްތާގައި ބައިވެރިވި އިވެންޓެއްގައި ލައިގެން ހުރީ އިންޑިއާން ސްޓައިލްގެ ތަފާތު ހެދުމެކެވެ. ރީނދޫ ކުލައިގެ އެ ހެދުމުގައި ޖަރީކޮށްފައިވާ

ޖެކެޓެއް ލާފައިވާއިރު އެ ސްޓައިލް މީހުންނަށް ކަމުދިޔަ އެވެ. ކިއަރާގެ ހެދުމުން މީހުންނަށް ކަމުނުދިޔައީ ތިރިން ލާފައި ހުރި ހަރުވާޅެވެ.

https://www.instagram.com/p/CXBpn5LpSMr/

ކްރިތީ ސްވެޓަރެއް ލައިގެން މިދިޔަ ހަފްތާގައި ދިޔައީ "ތަޑަޕް"ގެ ޕްރިމިއާ އަށެވެ. އޭނާގެ ހެދުމުން ފެށިގެން މޭކަޕާއި ގަނަހާ އެޅުމަށްވެސް މީހުން ފާޑުުކިޔާފައިވެ އެވެ. ރިޕޯޓުރައްކުގައި ބުނެފައިވާ ގޮތުގައި ކްރިތީ މަޑުމޮޅިކަމާއި އެކު ކެމެރާތަކަށް ހީލިޔަސް އެ ހިނިތުންވުމުގެ ރީތިކަން ނުފެންނަހާ އޭނާގެ ހެދުން

ހުތުރު ކަމަށެވެ.

https://twitter.com/viralbhayani77/status/1466095169766244353

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް