މެންގްރޫވް ޑައި-އޮފް ފީލްޑް އިންވެސްޓިގޭޝަންއަށް ކުރާ ދަތުރެއްގައި ސީ.ޔޫ.އެސް.އޭ.ޓީގެ ވަފުދެއް ރާއްޖޭގަ

މެންގްރޫވް ޑައި-އޮފް ފީލްޑް އިންވެސްޓިގޭޝަންއަށް ކުރާ ދަތުރެއްގައި ސީ.ޔޫ.އެސް.އޭ.ޓީގެ ވަފުދެއް ރާއްޖޭގެ އުތުރުގައި ހަރަަކާތްރެރިވާން ފަށައިފި އެެވެ. ސީ.ޔޫ.އެސް.އޭ.ޓީގެ 4 މެމްބަރުންގެ ޓީމެއް ރާއްޖެއަށް...

06 Dec 2021 | 08:16

މެންގްރޫވް ޑައި-އޮފް ފީލްޑް އިންވެސްޓިގޭޝަންއަށް ކުރާ ދަތުރެއްގައި ސީ.ޔޫ.އެސް.އޭ.ޓީގެ ވަފުދެއް ރާއްޖޭގެ އުތުރުގައި ހަރަަކާތްރެރިވާން ފަށައިފި އެެވެ.

ސީ.ޔޫ.އެސް.އޭ.ޓީގެ 4 މެމްބަރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރަނީ މި ޑިސެމްބަރ 5 ން 10 ގެ ނިޔަަލަށެވެ.

މިއީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އާއި ގުޅިގެން ރާއްޖޭގެ އުތުރުގައި ހިންގާ މެންގްރޫވް ޑައި-އޮފް ފީލްޑް އިންވެސްޓިގޭޝަން އަށެވެ.

މި ވަފުދުގައި އިސްކޮށް ހުންނެވީ ސީ.ޔޫ.އެސް.އޭ.ޓީގެ މެރިން ބަޔޮލޮޖީ، މައިކްރޯބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރ ބިޖޯއީ ނަންދާން އެވެ.

މި ތަޙުޤީޤުގެ މަޤްޞަދަކީ، ކަނޑޫފާތައް ހަލާކުވެ، ހަލާކުވެފައިވާ އަދި ނިކަމެތިވެފައިވާ ކަނޑޫތައް، ދުޅަހެޔޮ އަދި އުފެއްދުންތެރި ޗަކަބިންތަކަށް އަލުން އަނބުރާ އިޢާދަކުރުމެވެ.

ޑިސެމްބަރ 202 5 ގައި އިންޑިއާ ވަފްދު ވަނީ އެންވަޔަރަންމަންޓް މިނިސްތަރ އާމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ޓެކްނޮލޮޖީ އާއި ގުޅުންހުރި އެކި ދާއިރާތަކުން ސީ.ޔޫ.އެސް.އޭ.ޓީ އާއި މޯލްޑިވްސް އިންސްޓިޓިއުޝަންސް ގުޅިގެން އެކަޑަމިކް ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ޑިސެމްބަރ ގައި ވަފުދުގެ ޓީމާއި އީ.ޕީ.އޭގެ ޓީމް ޙަރަކާތްތެރިވާނީ ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކޮޅުދޫގެ ތިމާވެށީގެ މިންގަނޑުތައް މިނެކިރުމަށް ބޭނުންވާ ގަސްގަހާގެހި، ސޫފާސޫފީގެ އަދި ސެޑިމެންޓްސްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމުގަ އެވެ.

އެ ވަފުދުގެ ޓީމުން މި މަހުގެ 10 ވަނަ ދުވަހު މާލެ އައުމަށް ހަމަޖެހިފައިވާ އިރު، އެދުވަހުގެ ހަވީރު ޓީމުގެ ލީޑަރ ޕްރޮފެސަރ ބިޖޯއީ ނަންދާން  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން "ރޯލް އޮފް މެންގްރޫވްސް އެންޑް ވެޓްލޭންޑްސް އިން އީކޯސިސްޓަމް ކޮންޒަރވޭޝަން އެންޑް ޕްރެސެންޓް މެންގްރޫވް ޑައި-އޮފް އިން ދަ ނޯތު މޯލްޑިވްސް އެންޑް ދަ ޕްރެޒެންޓޭޝަން އޮދް ޕްރިލިމިނަރީ އެނަރލިސިސް އެންޑް ފިއުޗަރ ޕްލޭންސް" ގެ މައްޗަށް ޢާންމު ތަޤްރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑިސެންބަރު މަހުގެ 11 އިން 18 އަށް އީޕީއޭއާއެކު ސީޔޫއެސްއޭޓީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެމްއެފްޑީއޭގެ ނެޝަނަލް ލެބްގައި ފީލްޑް (ފަންގަލް ސްޕީޝީޒް އައިސޮލޭޝަން އަދި ޑީއެންއޭ ނެގުން ފަދަ) އެއްކުރެވޭ ސާމްޕަލްތަކުގެ އަސާސީ ތަހުލީލުތައް ކުރާނެ އެވެ. އަދި 18 ވަނަ ދުވަހު ދެ ބޭފުޅުންވެސް އިންޑިއާއަށް ފުރާނީ ރިފައިންޑް ސާމްޕަލް ހިފައިގެން ނެވެ.

ސީ.ޔޫ.އެސް.އޭ.ޓީގެ ސައިންސްވެރިންގެ ޓީމުން ސައިންޓިފިކް ގޮތުން ތަހުލީލުކޮށް މެޓަޖެނޮމިކްސް ހިމެނޭ ގޮތަށް ރިފައިންޑް ސާމްޕަލްތައް ތަހުލީލުކޮށް  3-4 މަސްދުވަހުގެ ތެރޭގައި ފައިނަލް ޓެކްނިކަލް ރިޕޯޓެއް ނެރޭނެ އެވެ. މި ރިޕޯޓްގައި ކަނޑޫފާތަށް މަރުވާ ސަބަބުގެ އިތުރުން އަދި، ކަނޑޫފާ ސަރަޙައްދުތައް ބަލަހައްޓާ އެ ސަރަޙައްދުތައް ރިހެބިލިޓޭޓް ކުރުމަށް މުސްތަޤްބަލުގައި ޢަމަލުކުރާނެ ގޮތްތައް ވެސް ހިމެނޭ އެވެ.

ބޮޑެތި ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަތުމަށް މެންގްރޫވް ޑައި-އޮފް އެނަލިސިސް ހެދުމަށް ސީޔޫއެސްއޭޓީ އާއި އީޕީއޭއާ ދެމެދު އެއްބަސްވުމެއް ސޮއިކުރެވުނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ހަމަ އެ މަހު ސީޔޫއެސްއޭޓީއަށް ސާމްޕަލް ފޮނުވި އެވެ.

2021 ވަނަ އަހަރުގެ ޖޫން މަހު ފުރަތަމަ ތަހުލީލުތަކުގެ ޕްރިލިމިނަރީ ރިޕޯޓްތައް އީޕީއޭއަށް ވަނީ ލިބިފަ އެވެ. ފުރަތަމަ ރިޕޯޓުތަކުން ހާމަވި ގޮތުގައި މެންގްރޫވްސް ބަލިކަށިކޮށްލާ ފަންގަސް އެއް ފެންނަން އޮވެ އެވެ. އިތުރު ބޭސްލައިން އިންވެސްޓިގޭޝަންތައް އެއްކުރުމަށް ފީލްޑް ވިޒިޓްއަކަށް ލަފާދިނީ ސީޔޫއެސްއޭޓީއިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް