ކޮވިޑް ޖެހިގެން އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެޝިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 79 އަހަރުގެ ދިވެހި ފިރިހެ...

06 Dec 2021 | 05:40

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެޝިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ ރޭ 09:30 އެހާ ކަންހާ އިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ރޭ މަރުވި މީހާ އާއި އެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ މިވަނީ 255 އަށް އަރާފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،739 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިންހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 19 މީހުންނަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 90،205 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 92،211 މީހުންނަށެވެ. ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 255 އަށް އަރާފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް