ބިދޭސީންގެ މައްސަލަ އަކީ މިދިޔަ ދައުރުގައި ހާވާފައި އޮތް ހަޑިއެއް: ފައްޔާޒް

ބިދޭސީންގެ މައްސަލަ އަކީ 2014-2018 އަށް ނިމިދިޔަ ދައުރުގައި ހާވާފައި އޮތް ހަޑިއެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. މަސައްކަތެއް ނެތި މަގުމަތިވެފައި ތިބި ބިދޭސީންގެ...

06 Dec 2021 | 05:28

ބިދޭސީންގެ މައްސަލަ އަކީ 2014-2018 އަށް ނިމިދިޔަ ދައުރުގައި ހާވާފައި އޮތް ހަޑިއެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަސައްކަތެއް ނެތި މަގުމަތިވެފައި ތިބި ބިދޭސީންގެ މައްސަލައަށް އިޝާރަތް ކުރައްވާ މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ބިދޭސީންގެ މައްސަލަ އަކީ 2014 އިން 2018 އަށް ފާއިތުވި ދައުރުގައި ހާވާފައި އޮތް ހަޑިއެއް ކަމުގައެވެ. އަދި އެ މައްސަލައާ ހަވާލުވެ އިރާދަކުރެއްވިއްޔާ ހައްލުކުރާނީ މި ސަރުކާރުން ކަމުގައި ވިދާޅުވެފައި ވެެއެވެ.

މީގެ އިތުރުން، މަގުމަތި ވެފައިވާ އެފަދަ ފަރާތްތަަކަށް ގުޅޭނެ ނަންބަރެއް ދިނުމަށާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވިދާޅުވެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިންވެސް ހާމަަކުރެއްވި ގޮތުގައި، ރާއްޖޭގައި ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައިި އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

ރާއްޖެ އައިސް މަގުމަތި ވެފައިވާ ބިދޭސީންނަށް ހުރިހާ ނަފްރަތެއް އަމާޒު ވަމުން ދާއިރު އެކަން އެގޮތަށް ކުރީ ސަރުކާރުގައި ތިިބި މީހުންނާއި ބިދޭސީން ގެންނަ އެޖެންޓުން ކަމުގައި ފައްޔާޒު މީގެ ކުރިންވެސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް