ހަތަރު ފުރޮޅުލީ އުޅަނދަށް ޚާއްސަ 211 ޕާކިން ސްލޮޓްގެ ގުރު ނަަގައިފި

މާލެ ސިޓީގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 211 ޖާގައަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފިއެވެ. މިދިޔަ ޖުލައި...

06 Dec 2021 | 04:40

މާލެ ސިޓީގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 211 ޖާގައަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެސިޓީ ކައުންސިލުން ހުޅުވާލި އެ ފުރުސަތުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޖާގަ ދޫކުރުމަށްޓަކައި މާލޭގެ ދިހަ ސަރަހައްދަކުން 211 ޖާގައަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެ. 211 ސްލޮޓަށް ކުރިމަތި ލުމަށް ހުޅުވާލި އެ ފުރުސަތުގައި 965 ފަރާތަކުން ކުރިމަތިލާފައި ވެއެވެ.

އެގޮތުން އެ ފަރާތްތަކުގެ މެދުގައި ގުރު ނެގުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ޕާކިން ސްލޮޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓު މިއަދުގެ ވަގުތެއްގައި އެ ކައުންސިލްގެ ވެބްސައިޓާއި މީސްމީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރާނެ ކަމުގައެެވެ.

މީގެ އިތުރުން ޕާކިން ސްލޮޓްތައް ކަށަވަރުވީ ފަރާތްތަކާއި ގުޅައިގެން އެގްރީމެންޓް ހެދުމުގެ ކަންކަން ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް