"ގިރިޓީ ލޯބި" މާދަމާ ބައިސްކޯފުން ދައްކަން ފަށާނެ

ޑާކްރެއިން އެންޓަޓެއިންމަންޓް ގެ ވެބް ސީރީޒް "ގިރިޓީ ލޯބި" މާދަމާ ސްޓްރީމް ކުރަން ފަށާނެ ކަމަށް ބައިސްކޯފުން ބުނެފި އެވެ. ކުރިން ތާވަލުކޮށްފައި އޮތީ "ގިރިޓީ ޅޮބި" މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު ސްޓް...

06 Dec 2021 | 04:34

ޑާކްރެއިން އެންޓަޓެއިންމަންޓް ގެ ވެބް ސީރީޒް "ގިރިޓީ ލޯބި" މާދަމާ ސްޓްރީމް ކުރަން ފަށާނެ ކަމަށް ބައިސްކޯފުން ބުނެފި އެވެ.

ކުރިން ތާވަލުކޮށްފައި އޮތީ "ގިރިޓީ ޅޮބި" މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު ސްޓްރީމް ކުރަން ފަށާ ގޮތަށެވެ. އެކަމަކު ކުއްލި ގޮތަކަށް މި ސީރީޒް ޕްރިމިއާ ކުރާ ތާރީހު ބައިސްކޯފުން ވަނީ ފަސްކޮށްފަ އެވެ.

މާދަމާ މި ސީރީޒް ދައްކަން ފަށާނެ ކަން ބައިސްކޯފުން މިހާރު ވަނީ ހާމަކޮށްފަ އެވެ. "ގިރިޓީ ލޯބި" އަކީ 20 އެޕިސޯޑުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސީރީޒް އެކެވެ.

މި ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

އިތުރު ތަރިންގެ ތެރޭގައި މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. އަދި މުޅިން އާ މޫނުތަކެއް ވެސް ކާސްޓުންގެ ތެރޭގައި ހިމެނޭނެ ކަމަށް ޑާކްރެއިނުން ބުނެފައިވެ އެވެ.

މި ސިރީޒަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ޕްރޮޑިއުސްކުރާ ސީރީޒް އެކެވެ. "ގިރިޓީ ލޯބި" ޑައިރެކްޓް ކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މިއީ ހެއްވާ މަޖާ އަދި ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ ސީރީޒްއެކެވެ. ސީރީޒްގެ ލަވަތައް ސައުންޑް ކްލައުޑް އިން އަޑުއެހޭނެ ގޮތް ވަނީ ހަދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް