ކ. ގުރައިދޫގައި ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކު މޫދުގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ އެ ކުއްޖާ މަރުވި ކަމަށް ބެލެވެނީ ގެނބިގެންނެވެ.
ކުއްޖާ މަރުވެފައި މޫދުގައި އޮއްވަ ފެނުނީ ގެއްލިގެން މަންމަ ހޯދަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުއްޖާގެ ގެއަކީ އެ ރަށު އުތުރު ފަރާތުގައި މޫދާއި ވަރަށް ކައިރީގައި ހުންނަ ގެއެވެ.
ޔާމިން ވިދާޅުވީ ކުއްޖާ ގެއްލުނީ އަތިރިމަތީގައި އިނދެ ކާން ދިނުމަށް ފަހު ތަށި އެތެރެއަށް ލާން ދިޔަ ވަގުތު އެވެ.
އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް