ކެޓްރިނާ އަކީ މީހުންގެ ލޯބިވެރިން ޖަހައިގެންނަ މީހަކައްވެއްޖެ!

މިދުވަސްވަރު ބޮލީވުޑްގައި ވާހަކައަކަށް އޮތީ ބަތަލާ ކެޓްރީނާ ކެއިފް އާއި ބަތަލް ވިކީ ކައުޝަލްގެ ކައިވެނީގެ ވާހަކަ އެވެ. ދެމީހުންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 6-9 އަށް އިންޑިއާގެ ރާޖ...

06 Nov 2021 | 09:30

މިދުވަސްވަރު ބޮލީވުޑްގައި ވާހަކައަކަށް އޮތީ ބަތަލާ ކެޓްރީނާ ކެއިފް އާއި ބަތަލް ވިކީ ކައުޝަލްގެ ކައިވެނީގެ ވާހަކަ އެވެ.

ދެމީހުންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 6-9 އަށް އިންޑިއާގެ ރާޖިސްތާނުގައި ވަރަށް ޝާހީކޮށް ކަމަށްވެ އެވެ. އެކަމަކު ދެމީހުންވެސް ކައިވެނި ކުރާ ކަމަކަށް އެއްބަހެއް ނުވެ އެވެ.

ކައިވެނީގެ އެކި ވާހަކައިން މިހާރު ވަނީ ވިކީގެ އާ ވާހަކައެއް ތިލަވެފަ އެވެ. އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބަތަލާ ހަރްލީން ސެތީ އާ ކަމަށާއި ދެމީހުން ރުޅިވީ 2019 ވަނަ އަހަރު ރިލީޒް ކުރި ވިކީގެ ފިލްމު "އުރީ- ދި ސާޖިކަލް ސްޓްރައިކް" އަށް ފަހު ކަމަށެވެ.

މިކަން ހާމަ ކުރީ ހަރްލީން ސޯޝަލް މީޑިއާގައި އެވެ.

އޭނާ ބުނީ ވިކީއާ ދެމީހުން އުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި ވިކީއަށް ބަދަލު އައިސް އޭނާއާ ދުރުވެ ދެ މީހުންގެ ގުޅުން ނިންމާލީ ކަމަށް ބުނީ ފިލްމު "އުރީ" ގައި ލިބުނު ކާމިޔާބީއަށް ފަހު މަޝްހޫރު ވުމުން ކަމަށެވެ.

ހަރްލީން ވަނީ ދެމީހުން ވަކިވާން ޖެހުމުން ވަރަށް ހިތްދަތިވި ވާހަކަ އާއި ވިކީގެ ނިންމުމަށް އޭނާ މަރުހަބާ ކީކަމަށް ބުނެފަ އެވެ. އަދި ވިކީއަށް އެ ފިލްމަށް ފަހު އައި ބަދަލުން އޭނާގެ ހައިސިއްޔަތު އަމިއްލައަށް އިހުސާސް ކުރެވުނު ކަމަށް ބުނެ، ބުނެފައިވަނީ ކުޑަ މަހަކަށް އޮވެވުނީ މާބޮޑު ފެންގަނޑެއްގައި ކަމަށެވެ.

އެކަމަކު މިހާރު އެ ހިތްދަތިކަން ހަނދާންނެތި ކުރިޔަށް ހިނގައިގަނެފައިވާ ކަމަށް ހަރްލީން ބުނެފައިވެ އެވެ.

ހަރްލީންގެ މި ވާހަކަތަކާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ކެޓްރީނާއަށް ވަނީ އަމާޒުވާން ފަށާފަ އެވެ. ކެޓްރީނާ އާއި ވިލީ ލޯބީގެ ގޮތުން ގުޅުނު ކަމަށްވަނީ ފިލްމު "އުރީ" ގެ ފަހުން ކަމަށްވާތީ މިހާރު ގިނަ ބަޔަކު ގަބޫލު ކުރަނީ ކެޓްރީނާ ލިބުމުން ވިކީ ހަރްލީން ދޫކޮށްލީ ކަމަށެވެ.

އަދި ކެޓްރީނާ އަކީ އާންމުކޮށް މީހުންގެ ލޯބިވެރިން ޖަހައިގެންނަ މީހެއް ކަމަށް ބުނެ ދަނީ ވާހަކަ ދައްކަމުންނެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރުގެ ލޯބީގެ ގުޅުން ނިމުމަކަށް ގެންނަން ޖެހުނީ އެދޭތެރެއަށް ކެޓްރީނާ ވަދެގެންނެވެ. މިހާތަނަށް ސިއްރުވެފައި އޮތް އެވާހަކަ ހާމަ ކުރީ ދީޕިކާ އެވެ.

ދީޕިކާ މިއަހަރު ތެރޭގައި މީޑިއާގައި ބުނެފައިވަނީ ދެ ފަހަރު ރަންބީރާއި ކެޓްރީނާ ކޮޓަރީގައި އޮއްވަ އޭނާއަށް ވަގު ހިފިފަ ވާ ކަމަށެވެ. ރަންބީރަށް ދިން ފަހު ޗާންސްގެ ބޭނުން ނުހިފުމުން ދެމީހުން ވަކިވީ ދެވަނަ ފަހަރު އެ ދެމީހުން ކޮޓަރީގައި އޮއްވަ ފެނުމުން ކަމަށް ދީޕިކާ ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް