ކުރީ ސަރުކާރުން ހޭވި "ހަޑި" ސާފުނުކޮށް 2023 ވަނަ އަހަރު ވޯޓު ހޯދަން ނުނިކުންނާތި: ޑރ. އިޔާޒް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ފެށުމުގެ ކުރިން ފަސްއަހަރުގެ މުއްދަތަކަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ހޭވި ހަޑި ސާފުނުކޮށް 2023 ވަނަ އަހަރު ރައްޔިތުނ...

06 Nov 2021 | 08:40

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ފެށުމުގެ ކުރިން ފަސްއަހަރުގެ މުއްދަތަކަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ހޭވި ހަޑި ސާފުނުކޮށް 2023 ވަނަ އަހަރު ރައްޔިތުންގެ ގާތަށް ވޯޓް ހޯދަން ނައުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ މަނިކުފާނު މި ޓްވީޓް ކުރެއްވާފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހާއި  ގުޅިގެން އާންމު ރައްޔިތުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ އިސްލާހެއް ކަމަށް ބުނެ އެކަމުގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވައެވެ.

އެކަމަށް އިޝާރަތް ކުރައްވާ އެ މަނިކުފާނު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވެރިކަމަށް އައީ ކުރީގެ ސަރުކާރުން ހޭވި "ހަޑި" ސާފު ރަނގަޅު ކުރުމަށް ކަމުގައެވެ.

އެހެންކަމުން ކުރީ ސަރުކާރުން ކުރި ކަމެކޭ ކިޔާފައި މި ކަހަލަ "ހަޑި" ސާފު ނުކޮށް 2023 ވަނަ އަހަރުގައި ވޯޓް ހޯދަން ނުނިކުތުމަށެވެ.

ޑރ. އިޔާޒް އަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް