މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފައި

މިއަދު ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައ...

06 Nov 2021 | 07:20

މިއަދު ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 8:15 ން މެންދުރު ފަހު 2:00 އަށެވެ.

މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި އެ ސަރަހައްދަށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކަނޑުތައްވެސް ގަދާވަނެ ކަމަށް މެޓުން މައުލޫމާތުދެ އެވެ.

ރާއްޖޭގެ އެންމެ އުތުރަށްވެސް މޫސުން ގޯހެވެ. އެކަމަކު އެސަރަހައްދުގެ ރައްތަކަށް އެވެސް އެލާޓެއް އަދިއެއް ނުނެރެވެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްހެއް މިދިޔަ ދެ ތިން ދުވަހު ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

މެޓް އޮފީހުން ވަނީ ދަތުރުފަތުރު ކުރުމުގަ އާއި އާންމު ދިރިއުޅުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް