އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރު މަގާމާއި ހަވާލުވެއްޖެ

އަަވަށްޓެރި އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާ އާ ސަފީރު މަގާމާއި ހަވާލުވެއްޖެ އެވެ، ކުރިން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ސަންޖޭ ސުދީރު ވަނީ އިންޑިއާ އިން ޔުނައިޓެޑް އަރ...

06 Nov 2021 | 05:39

އަަވަށްޓެރި އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާ އާ ސަފީރު މަގާމާއި ހަވާލުވެއްޖެ އެވެ،

ކުރިން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ސަންޖޭ ސުދީރު ވަނީ އިންޑިއާ އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ހަމަޖައްސާފައެވެ.

އެހެންކަމުން މިއަދު އިންޑިއާއިން ރާއްޖެއަށް މިވަނީ ސަފީރެއް ކަނޑައަޅާފައެވެ. އަލަށް އައްޔަން ކުރެއްވި ސަފީރަކީ އިންޑިއާ އިން އޮމާނަށް ކުރިން ކަނޑައަޅުއްވާފައި ހުންްނެވި ސަފީރު މުނޫ މަހާވަރުއެވެ.

އަލަށް އައްޔަނު ކުރެވުނު ސަފީރަށް މަޤާމުގެ ލިޔުން އަރުވާފައިވަނީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އެވެ.

ސަފީރު މުނޫ މަހާވަރު އަދި ރާއްޖެވަޑައި ގަންނަވާނެ ދުވަހެއް އަދި ހާމަކޮށްފައެެއް ނުވެއެވެ.

އަވަށްޓެރި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ގާތް ގުޅުންތަކެއް ޤާއިމު ކުރެވިފައި އޮވެއެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ މަޝްރޫޢު ތަކެއް ކުރިއަށް އެބަގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް