އިޤްތިޞާދު ހަމައަކަށް އެޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފި: ކަސްޓަމްސް

ދިވެހިރާއްޖޭގެ އިޤްތިސާދު ކޮވިޑް-19 ގެ ކުރިން ހުރި ހާލަތަށް އިމްޕޯޓް އަރާ ހަމަކޮށް އިޤްތިޞާދު ހަމައަކަށް އެޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފި ކަމުގައި ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކ...

06 Nov 2021 | 04:19

ދިވެހިރާއްޖޭގެ އިޤްތިސާދު ކޮވިޑް-19 ގެ ކުރިން ހުރި ހާލަތަށް އިމްޕޯޓް އަރާ ހަމަކޮށް އިޤްތިޞާދު ހަމައަކަށް އެޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފި ކަމުގައި ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް ކަސްޓަމްސް އިން ކުރެއްވި ޓްވީޓްގައި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި އޮކްޓޯބަރު މަހު ވަނީ ރެކޯޑް އަދަދަކަށް މުދާ އެތެރެކޮށްފައެވެ. އެގޮތުން އޮކްޓޯބަރު މަހު ވަނީ 3.8  ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކޮށްފައެވެ.

ތަފާސްހިސާބުތައް ހިއްސާ ކުރައްވާ ކަސްޓަމްސް އިން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ކުރިން އިމްޕޯޓް ކުރަމުން އައި މިންވަރަށް ވުރެ އިތުރަށް މިހާރު މުދާ އިމްޕޯޓް ކުރާ މިންވަރު އިތުރު ވެފައިވާ ކަމުގައެވެ.

އެގޮތުން މިއަހަރު ރާއްޖެ އިމްޕޯޓުކުރި މުދަލުގެ ތަފާސްހިސާބު ހިއްސާ ކުރައްވަމުން ކަސްޓަމުން ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހު އިމްޕޯޓުކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދާކަމުގައެވެ.

މިގޮތުން ފެބްރުއަރީމަހު 2.8 ބިލިއަން ރުފިޔާގެ މުދާ އަދި  މާޗް މަހު 3.5 ބިލިއަން ރުފިޔާގެ މުދާ، އޭޕްރީލް މަހު 2.9 ބިލިއަން ރުފިޔާގެ މުދާ، އަދި މެއި މަހު 3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ.  މީގެއިތުރުން، ޖޫން މަހު 3 ބިލިއަން ރުފިޔާގެ މުދާ، ޖުލައި މަހު 2.7 ބިލިއަން ރުފިޔާގެ މުދާ، އޮގަސްޓު މަހު 3.4 ބިލިއަން ރުފިޔާގެ މުދާ، ސެޕްޓެމްބަރު މަހު 3.5 ބިލިއަން ރުފިޔާގެ މުދާ އަދި އޮކްޓޯބަރު މަހު ވަނީ 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިއަހަރުގެ އޮގަސްޓުމަހުން ފެށިގެން ރާއްޖެއަށް މުދާ އިމްޕޯޓުކުރާ މިންވަރު އިތުރުވާން ފަށާފައިވާކަމަށް ވަނީ ފާހަގަވެފައެވެ. މިއީ ރާއްޖޭގެ ވިޔަފާރިތައް އިތުރުވެ ކޮވިޑް- 19 ގެ ސަބަބުން  ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ވަޅުގަނޑުން އަރައިގަނެވި ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތަކެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް