އިމްރާން ސޯޓެއް ލައިގެން ހުންނެވުމުން ފާޑު ކިޔުން އަމާޒު ވަނީ

ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ބައިވެރިވި ފުޓްބޯޅަ މެޗެއްގައި ސޯޓެއް ލައިގެން ހުރުމުން ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. މިނިސްޓަރު އިމްރާން ބައިވެރިވެ ވަޑައިގެންފައިވާ ފުޓްބޯޅަ މެޗަކީ ހދ. ކުޅުދ...

06 Nov 2021 | 04:10

ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ބައިވެރިވި ފުޓްބޯޅަ މެޗެއްގައި ސޯޓެއް ލައިގެން ހުރުމުން ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.

މިނިސްޓަރު އިމްރާން ބައިވެރިވެ ވަޑައިގެންފައިވާ ފުޓްބޯޅަ މެޗަކީ ހދ. ކުޅުދުއްފުށި ސިޓީގައި ފުޓްބޯޅަ ގްރައުންޑް ހުޅުވުމުގެ ގޮތުން ކުޅުނު މެޗެކެވެ. މި މެޗްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ  މިމެޗްގައި އިމްރާން ކުޅުއްވާ މަންޒަރު ފެންނަ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އިމްރާން ހުންނަވަނީ ކަކުލުން ކުޑަ ތަންކޮޅެއް މައްޗައް ހުންނަވަރުގެ ސޯޓެއް ލައިގެންނެވެ.

އިސްލާމްދީނުގައި ފިރިހެނާގެ އައުރަ އަކީ ފޫޅާއި ކަކުލާއި ދެމެދެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފޮޓޯތައް މީސް މީޑިއާގައި ދައުރު ވާން ފެށުމާއިއެކު އާންމުންގެ ފާޑު ކިޔުންވަަަނީ މިނިސްޓަރަށް އަމާޒު ވެފައެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ނިސްބަތްވެ ވަޑައި ގަންނަވާ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މި ސަރުކާރުގެ ސިޔާސަތު ތަކަށާއި އިމްރާނަށް ތާއީދު ކުރައްވާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްވެސް ވަނީ ފާޑު ކިޔުއްވާފައެވެ.

އެގޮތުން މިރޭ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢައުރަ ނިވާ ކުރުމަކީ ވަކި މިހަކު ކުރަންޖެހޭ ކަމެއް ނޫން ކަމުގައެވެ. އަދި އެއީ އެންމެންވެސް ކުރަން ޖެހޭ ކަމެއް ކަމުގައެވެ. އިތުރަށް ވިދާޅުވެފައިވަނީ ޚާއްސަ ގޮތެއްގައި އެހެންމީހުންނަށް ނަމޫނާ އަކަށް ވާން ޖެހޭ ފަދަ ބޭފުޅަކު ކަކޫ ފެންނަ ފަދަ ހެދުމެއްގައި އާންމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް