ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިންގީ އަޅާ ސަރަހައްދު ސާފު ކޮށްފިއެވެ.
އެޗްޑީސީން ޑިންގީ އަޅާ ސަރަހައްދު ސާފު ކޮށްފައި މިވަނީ އެކި ބާވަތް ބާވަތުގެ ޕްލާސްޓިކް ފުޅި އާއި ކުނި އެތާގައި ފުނި ޖެހި ވަަރަށް ބޮޑަށް ހަޑިވެފައި ވަނިކޮށެވެ.
އެޗްޑީސީން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ފޭސް 2 ގައިވާ ޑިންގީ އަޅާ ސަރަހައްދު އެ ކޯޕަރޭޝަނުން އިސްނަގައިގެން ސާފު ކޮށްފައިވާ ކަމަށެވެ.
އިތުރަށް ބުނެފައިވަނީ ހުޅުމާލޭގެ ހިތްގައިމު ކަން ދެމެހެއްޓުމަށް އެޗްޑީސީން ދަނީ މިފަދަ ގިނަ ހަަރަކާތްތަކެއް ކުރިއަށް ގެންދަމުން ކަމުގައެވެ.
މިހާރުވެސް އެޗްޑީސީން ވަނީ ދެވަނަ ފިޔަވަހީގައި ކުނި މެނޭޖް ކުރުމުގެ ތަފާތު ހަރަކާތްތައް ހިންގާފައެވެ. މީގެ ތެރޭގައި އެ ސަރަހައްދުގައި ދިރިއުޅޭމީހުންގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި އެޅުމަށް ހަ ޕޮއިންޓެއް ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް