ވަޒަން އެރި މީހާއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެނީ

ގިރިފުށީގައި ތަމްރީނު ހަދަމުންދަނިކޮށް ޖެހި ވަޒަނެއް ސަފާރީއެއްގަ ހުރި މީހެއްގެ ގަޔަށް އެރުމުން، އެމީހާއަށް ޓްްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށަައިފިއެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާ ސީ-އެމްބ...

06 Nov 2019 | 12:05

ގިރިފުށީގައި ތަމްރީނު ހަދަމުންދަނިކޮށް ޖެހި ވަޒަނެއް ސަފާރީއެއްގަ ހުރި މީހެއްގެ ގަޔަށް އެރުމުން، އެމީހާއަށް ޓްްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށަައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާ ސީ-އެމްބިއުލާންސްގައި މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ތަނެއްގައި ނުޖެހި ބާރު ކެނޑިފައިވާ ވަޒަނަކުން ކަރުގައި ޖެހިފައިވަނީ ގިރިފުށި ސަރަހައްދުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ކަރުގައި ކަމަށާއި އެނގިފައިވާ ގޮތުގައި އޭނާގެ ކަރުގައި ޖެހިފައިވަނީ ރިކޮޗެޓް ބުލެޓަކުން ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް