ރީކޯ މޫސަގެ ކުންފުނިން ލ. އަތޮޅުގައި ހެދި ރިސޯޓު ހުޅުވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ކުންފުންޏަކުން ލ. އަތޮޅޫގައި ހެދި ރިސޯޓު ހުޅުވައިފިއެވެ. ހަތަރު ތަރީގެ މި ރިސޯޓަށް ދީފައިވާ ނަމަކީ ރަހާ ރިސޯޓެވެ. އަދި މި މި ރިސ...

06 Nov 2019 | 11:01

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ކުންފުންޏަކުން ލ. އަތޮޅޫގައި ހެދި ރިސޯޓު ހުޅުވައިފިއެވެ.

ހަތަރު ތަރީގެ މި ރިސޯޓަށް ދީފައިވާ ނަމަކީ ރަހާ ރިސޯޓެވެ. އަދި މި މި ރިސޯޓު ހުޅުވީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ދިވެހިވަންތަ ފަރުމާއަކަށް ތަރައްގީކޮށްފައިވާ ރަހާ ރިސޯޓުގައި ދެ ފަންތީގެ ކޮޓަރި ހުރެއެވެ. އެއީ ޑީލަކްސް އޯޝަން ވިއު ވިލާސް އާއި ޑިލަކްސް ލޭކް ވިއު ވިލާސް ހިމެނެއެވެ.

ޑީލަކްސް އޯޝަން ވިއު ވިލާސްއަކީ ރިސޯޓުގައި މޫދު ފެންނަގޮތަށް ގޮނޑުދޮށުގައި ހަދާފައިވާ ކޮޓަރިތަކެވެ. އަދި ޑިލަކްސް ލޭކް ވިއު ވިލާސްއަކީ ރަށުގައި އޮންނަ ކުޅި ފެންނަ ގޮތަށް ހަދާފައިވާ ކޮޓަރިތަކެވެ.

ކައްދޫ އެއަރޕޯޓުން ފުރައިގެން ވިއްސަކަށް މިނެޓުގެ ތެރޭގައި ދެވޭ މި ރިސޯޓުގައި ހެނދުނާއި މެންދުރުގެ އަދި ރޭގަނޑުގެ ކެއުން ލިބޭ ބުފޭ ސްޓައިލްގެ ރެސްޓޯރަންޓެއް މި ރިސޯޓުގައި ހުންނަ އިރު، ބީޗުގައި ބާރއަކާއި ސްޕާރއަކާއި މޫދު ކުޅިވަރު އަދި ޑައިވް ސެންޓަރެއްވެސް ހުރެއެވެ.

ލ. އަތޮޅުގައި މިހާރުވެސް އަންނަނީ ރިސޯޓެއް ހިންގަމުންނެވެ. އެއީ "ސިކްސް ސެންސަސް ހޮޓެލްސް އެންޑް ރިސޯޓްސް" އިން ހިންގާ "ސިކްސް ސެންސަސް ލާމު" ރިސޯޓެވެ.

މި ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ހޮޓާ ކުންފުނި އިންޓަރކޮންޓިނެންޓަލް ހޮޓެލް ގްރޫޕް (އައިއެޗްޖީ) އިން ދާދި ފަހުން ގަނެފައިވާ ރިސޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް