ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ޓެނިސް ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ސެރީނާ ވިލިއަމްސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
އުމުރުން 38 އަހަރުގެ އެމެރިކާގެ ރާއްޖޭގެ އިތާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ފިރިމީހާ އެލްކްޒިސް އޮހޭނިއަންއާއި ދަރިފުޅު އެލެކްޒިސް އޮލިމްޕިއާ ޖޫނިއަރ އާއެކުއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އަންހެން ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ސެރީނާ ވިލިއަމްސް އެ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އޭނާ އިންސްޓަގްރާމަށް ދޫކޮށްލާފައިވާ އިރު، އެ ފޮޓޯތަކަށް ގިނަ ބަޔަކު އަންނަނީ ލައިކްވެސް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް