ފިލްމީ ދާއިރާގައި އެކްޓަރަކަށް ނުވިނަމަ ވާނީ ލޯޔަރަކަށް ކަމަށް ބޮލީވުޑް ތަރި ސާރާ އަލީ ޚާން ބުނެފިއެވެ.
އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސާރާ ބުނީ ބޮލީވުޑުން ފުރުސަތު ނުލުބުންނަމަ އޭނާ ވާނީ ކޮންމެވެސް މަޝްހޫރު ސިޔާސީ ފަރާތެއްގެ ލޯޔަރަކަށް ކަމަށެވެ.
ބޮލީވުޑަށް އައުމުގެ ކުރިން ސާރާ ވަނީ ކޮލަމްބިއާގެ ޔުނިވަރސިޓީއަކުން ލޯވ ކިޔަވައި ޑިގްރީއެއްވެސް ހާސިލުކޮށްފައެވެ. ސާރާ ބުނީ، ގައުމުން ބޭރުން ކިޔަވަން ލިބުމުގެ ސަބަބުން އޭނާއަށް އެތައް ކަމެއް ދަސްވެފައިވާ ކަމަށާއި ކަންކަމާ ކެރިހުރެ ކުރިމަތިލާން ދަސްވެއްޖެ ކަމަށެވެ. ސާރާ އިތުރަށް ބުނީ އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ޚާން ވެސް ގައުމުން ބޭރަށް ކިޔަވަން ދިއުމަށް އެދޭ ކަމުގައެވެ.
ސާރާ މިހާރު ކުރަމުން ދަނީ "ކޫލީ ނަމްބަރު 1" ގެ މަސައްކަތެވެ. އެފިލްމުގައި ސާރާ އާއި އެކީ ދެން ފެނިގެންދާނީ ވަރުން ދަވަން އެވެ.
ސާރާ ބޮލީވުމަށް ތައާރަފްވީ މިދިޔަ އަހަރު ނިކުތް ފިލްމު "ކެދަރްނާތު" އިންނެވެ. އެފިލްމުގައި ސާރާ ދެއްކި މޮޅު އެކްޓިންގ ގެ ސަބަބުން "ބެސްޓް ޑެބިއުޓް ފީމޭލް" އެވޯޑް އޭނާ އަށް ވަނީ އެތައް އެވޯޑު ޝޯވ އަކުން ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް