ތޫފާން މަހާގެ ބާރު ނުކެނޑެނީސް އިންޑިއާގެ އަނެއް ފަޅިން އަނެއްކާވެސް ތޫފާނެއް އުފެދެނީ !

ރާއްޖެ ސަރަހައްދުން އުފެދިގެން ގޮސް އަރަބި ކަނޑުތެރޭގައި މިހާރުވެސް ބާރުގަދަ ތޫފާނެއްގެ ދަރަޖައިގާ ހުރި ތޫފާން މަހާގެ ބާރު ނުކެނޑެނީސް އިންޑިއާގެ އަނެއް ފަޅިން ތޫފާނެއް އުފެދިދާނެ ކަމުގެ ބިރު އުފެދިއް...

06 Nov 2019 | 05:48

ރާއްޖެ ސަރަހައްދުން އުފެދިގެން ގޮސް އަރަބި ކަނޑުތެރޭގައި މިހާރުވެސް ބާރުގަދަ ތޫފާނެއްގެ ދަރަޖައިގާ ހުރި ތޫފާން މަހާގެ ބާރު ނުކެނޑެނީސް އިންޑިއާގެ އަނެއް ފަޅިން ތޫފާނެއް އުފެދިދާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

އެގޮތުން ބޭ އޮފް ބެންގާލް ސަރަހައްދުގައި "ޑީޕް ޑިޕްރެޝަނެއް" (ބާރުގަދަ ކޮޅިގަނޑެއް) މިހާރު އުފެދިފައިވާކަމަށް މި ސަރަހައްދުގެ މޫސުމާއިބެހޭ މައި އިދާރާ، ދިއްލީގައި ހުންނަ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޯރޮލޮޖިކަލް ސެންޓަރ (އާރުއެސްއެމްސީ) އިން ބުނެފިއެވެ.

އާރުސީއެމްސީން ލަފާކޮށްފައިވާގޮތުގައި މިހާރު ޑީޕް ޑިޕްރެސަން ސްޓޭޓްގައި އޮތް ކޮޅިގަނޑު މިރޭގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އެއަށްފަހު މާދަމާގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް އަދި ހުކުރު ހޮނިހިރު ދުވަސް ހިސާބުގައި ވަރަށް ބާރުގަދަ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށް ބުނެފައިވެއެވެ.

ބާރުގަދަ މި ކޮޅިގަނޑު އުފެދިފައިވަނީ ބަންގާޅު ކަނޑާއި އަންޑަމަން ކަނޑު ގުޅޭ ސަރަހައްދުގައެވެ. މި ކޮޅިގަނޑު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ އޮޑީޝާގެ އައްސޭރިފަށާ ދިމާއަށް ކަމުގައިވެސް ބުނެފައިވެއެވެ.

ބާރުގަދަ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތް އިރު ތޫފާން މަހާގެ މިސްރާބު ހުރީ އަރަބި ކަނޑާވީ ފަޅިން އިންޑިއާގެ، ގުޖްރާތު، މަހަރާޝްތުރަ އަދި މަދްޔަ ޕްރަދޭޝް ސަރަހައްދުން އިންޑިއާގެ މަތިން އެ ތޫފާން ދަތުރު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް