މުންނާ ބާއީގެ ފިލްމު ތަކުން އެކުގައި ފެނިގެން ގޮސްފައިވާ ސަންޖޭ ދަތާއި އަރްޝަދު ވަރްސީގެ ފިލްމެއް އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެކަން ކަށަވަރު ވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ އަރްޝަދު ވަރްސީ އެވެ.
އޭނާ ބުނެފައިވާގޮތުގައި އޭނާ މިހާރު އަންނަނީ ސަންޖޭ ދަތާއެކު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ މުންނާބާއީގެ ސީކުއެލްއެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އެ ފިލްމުގެ މަސައްކަތް ފެށޭވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށާއި ފިލްމު އާންމުންނާއި ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި އެއީ ސާޖިދު-ފަރްހާދުގެ ޕްރޮޖެކްޓެކެވެ. އެއީ ވަރަށް ފައްކާ ސްކްރިޕްޓެއްގެ މައްޗަށް އެކުލެވޭ ފިލްމެއް ކަމަށްވެސް ބުނެފައިވެއެވެ.
މުންނާބާއީގެ ދެ ފިލްމެއް ނިކުމެފައިވާއިރު ތިންވަނަ ފިލްމުގެ އިސްތިހާރުވެސް އާންމު ކުރިއެވެ. އެހެންނަމަވެސް ސަންޖޭ ދަތު ޖަލަށް ލުމާއެކު އެ ޕްރޮޖެކްޓް އޮތީ ހުއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް