ހިކެން ނިންމީ އެންމެ ބޮޑެތި ސައިޒުގެ ހެދުން ގަންނަން ލަދުގަންނާތީ

އަނެއްކާވެސް މިއޮތީ ގަދަ ހިތްވަރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަނުން ބޮޑު އަދަދެއް ހިއްކާލި ކަނބަލެއްގެ ވާހަކައެވެ. ނަމަކީ ޑރ. ރޭކާ ޕަޓޭލެވެ. އުމުރަކީ 33 އަހަރެވެ. ރޭކާ އަކީ އިންޑިއާގެ ޖޯދުޕޫރު...

06 Nov 2019 | 03:50

އަނެއްކާވެސް މިއޮތީ ގަދަ ހިތްވަރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަނުން ބޮޑު އަދަދެއް ހިއްކާލި ކަނބަލެއްގެ ވާހަކައެވެ.

ނަމަކީ ޑރ. ރޭކާ ޕަޓޭލެވެ. އުމުރަކީ 33 އަހަރެވެ. ރޭކާ އަކީ އިންޑިއާގެ ޖޯދުޕޫރުގައި ދަތުގެ ޑޮކްޓަރެކެވެ.

މީގެ ހަތަރު މަސް ކުރިން ރޭކާގެ ބަރުދަނަކީ 78 ކިލޯ އެވެ. މިހާރު އޭނާގެ ބަރުދަނަކީ 54 ކިލޯ އެވެ. އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ދުއްވައިލީ 24 ކިލޯ އެވެ.

އޭނާ ހިކެން ނިންމި ސަބަބާއި ހިކެން ކުރި މަސައްކަތް ޓައިމްސް އޮފް އިންޑިއާ ނޫހަށް ކިޔައިދީފައިވެއެވެ.

އެގޮތުން ރޭކާ ބުނެފައިވާގޮތުގައި ހިކެން އަޒުމް ކަނޑައެޅީ އަންނައުނު ގަންނަން ގޮސްފައި އަބަދު "އެކްސް އެލް" އަންނައުނު ގަންނަން ޖެހޭތީއެވެ. ކުރިން އޭނާއަކީ ފަލަ މީހެއް ނޫން ކަމަށާއި ނަމަވެސް މާބަނޑު ދުވަސްވަރު މާބޮޑަށް ފަލަ ވީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ހިކެން ކުރި މަސައްކަތުގައި ރޭކާ އޭނާގެ ކެއުން ބައްޓަން ކުރި ގޮތް

ހެނދުނުގެ ނާސްތާ

ހަ ބިސް (ގޮބޮޅި އެކަނި)

މެންދުރުގެ ކެއުން

ތަރުކާރީ ގްރޭވީ އާއެކު އެއް ރޮށި

ރޭގަނޑު ކެއުން

ޒުވާރި ފުށު ރޮއްޓެއް، މުގު ރިހަ އަދި ސެލެޑެއް

ހިކެން ކުރި މަސައްކަތުގައި ރޭކާ ކުރި ކަސްރަތު

އޭނާ ބުނެފައިވާގޮތުގައި އެއް އަހަރުގެ ދަރިއެއް ބަލަމުން ޖިމަށް ގޮސް ކަސްރަތު ކުރުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންކަމުން އޭނާ ކަސްރަތު ކުރަނީ ގޭގައި ކަމަށާއި ގޭގައި ދުވާލަކު މަދުވެގެން އެއް ގަޑިއިރު ކަސްރަތު ކުރާ ކަމަށާއި އަބަދުވެސް ހެލިފެލިވެ އުޅޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ގަބޫލު ކުރާގޮތުގައި ހިކުމުގެ ޕްލޭންގައި 70 އިންސައްތަ އަކީ ކުރާ ޑައިޓަށް ވާން ޖެހެއެވެ. ކަސްރަތު ވާން ޖެހެނީ ބާކީ 30 އިންސައްތައަށެވެ. ރޭކާ އިތުރަށް ބުނެފައިވާގޮތުގައި ހިކުނު ފަހުން ގައިގާ ރިއްސުމާއި ވަރުބަލިވުންފަދަ ކަންކަމަށް ހައްލު ވަނީ ލިބިފައެވެ.

****

ޑރ. ރޭކާ ޕަޓޭލަށް ވާ ކަމަށް ވަންޏާ ތިބާއަށްވެސް ނުވާންވީ ސަބަބެއް ނެތެވެ. އަޒުމް ކަނޑައަޅާފައި މާދަމާވެސް މަސައްކަތް ފަށަން ވީއެވެ.

****

ބަރުދަން ލުއިކުރުމުގެ މިފަދަ ވާހަކައެއް ދުވަސް ނޫހާ ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ އަޅުގަނޑުމެންގެ މެއިލް [email protected]  ނުވަތަ އަޅުގަނޑުމެންގެ ހޮޓްލައިން 9770541 އަށް އަންގާލަދެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް