ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން އިރާގުގައި އިންޓަނެޓް ހިދުމަތް މެދުކަނޑާލައިފި

އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކަށް ދެ ހަފްތާ ވާން ގާތްވެފައިވާއިރު މިއަދުވެސް އެ ގައުމުގައި އިންޓަނެޓް ހިދުމަތް މެދުކަނޑާލައިފިއެވެ. އެގޮތުން އެ ގައުމަށްނިސްބަތްވާ ސައި...

06 Nov 2019 | 03:47

އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކަށް ދެ ހަފްތާ ވާން ގާތްވެފައިވާއިރު މިއަދުވެސް އެ ގައުމުގައި އިންޓަނެޓް ހިދުމަތް މެދުކަނޑާލައިފިއެވެ.

އެގޮތުން އެ ގައުމަށްނިސްބަތްވާ ސައިބަރ ސެކިއުރިޓީ އެންޖީއޯއެއް ކަމުގައިވާ ނެޓްބްލޮކްސް އިން ބުނެފައިވާގޮގައި މިއަދު އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވަނީ ވަރަށް ބޮޑު ސަރަހައްދަކުންނެވެ. އަދި މިއީ މި މުޒާހަރާތަކާއި ގުޅިގެން މިހާ ބޮޑު ސަރަހައްދެއްގައި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލި ކަނޑާލުން ކަމުގައި އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މުޒާހަރާތައް އަލުން ފަށައި، މުޒާހަރާތައް ވަރުގަދަކޮށްފައިވާއިރު މި މުޒާހަރާތަކުގައި މިހާތަނަށް 270 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މި މުޒާހަރާތައް އެގައުމުގެ އެކި ކަންކޮޅުތަކަށް މިހާރު ވަނީ ފެތުރިފައެވެ. މި މުޒާހަރާތަކާއި ގުޅިގެން ބައެއް މަގުތަކާއި ބައެއް މުއައްސަސާތައްވެސް ބަންދުކޮށްފައިވާއިރު މި މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ އިގްތިސާދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ގައުމުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް