އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި ބްރެޒިލުގެ ފޯވާޑް ޑަގްލަސް ކޮސްޓާ ބަޔާން މިއުނިކާ ގުޅިއްޖެއެވެ.
މިހާރު އުމުރުން 30 އަހަރުގެ ކޮސްޓާ ބަޔާނާ ގުޅުނީ ޔުވެންޓަސްގެ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން ކޮސްޓާ ބަޔާނަށް ބަދަލުވި އިރު، އޭނާ ވަނީ މީގެ ކުރިން ބަޔާންގައި ދެ ސީޒަނެއް ހޭދަކޮށްފައެވެ. އެއީ 2015 ން 2017 އަށެވެ. 2017 ވަނަ އަހަރު ބަޔާން ދޫކޮށް ކޮސްޓާ ޔުވެންޓަސްއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
ޔުވެންޓަސްއިން ކޮސްޓާ ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ މި ސީޒަނުގައި އެ ޓީމުގެ އައު ކޯޗު އަންދްރެއާ ޕިރްލޯގެ ޕްލޭނުގައި ކޮސްޓާ ނުހިމެނޭތީ އެވެ.
ކޮސްޓާ ބަޔާންއާއި ގުޅުނު އިރު، ދާދި ފަހުން ޕީއެސްޖީއަށް ކުޅެމުން އައި އެރިކް މެކްސިމް ޗޮޕޫ-މޯޓިން ވެސް ވަނީ ބަޔާންއާއި ގުޅިފައެވެ.
އަދި މީގެއިތުރުން މާކް ރޮކާ އާއި، ޓަންގުއީ ނިއަންޒޫ އަދި އެލެކްޒެންޑާ ނުބެލް ވެސް ވަނީ މި ޓްރާންސްފާގައި ބަޔާންއާއި ގުޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް