ހިލާފު އުފެދޭ ވަގުތު އިސްލާމީ ރިވެތި އުސޫލަކީ މަޝްވަރާކުރުން: އަލީ ވަހީދު

މުޖްތަމައުގައި ހިލާފު އުފެދޭ ވަގުތުތަކުގައި އެންމެ ރިވެތި އިސްލާމީ އުސޫލަކީ މަޝްވަރާ ކުރުން ކަމުގައި ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައިވަނ...

06 Oct 2019 | 18:32

މުޖްތަމައުގައި ހިލާފު އުފެދޭ ވަގުތުތަކުގައި އެންމެ ރިވެތި އިސްލާމީ އުސޫލަކީ މަޝްވަރާ ކުރުން ކަމުގައި ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައިވަނީ މުޖްތަމައުގައި ހިލާފު އުފެދޭ ވަގުތުތަކުގައި އެންމެ ރިވެތި އިސްލާމީ އުސޫލަކީ މަޝްވަރާ ކުރުން ކަމަށާއި ޖަދަލުކުރުމާއި، އަނިޔާވެރިކަމާއި ހަރުކަށި ކަމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން ކަމަށެވެ.

އަލީ ވަހީދު މި ޓްވީޓް ކުރައްވާފައިމިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި  ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށްފައިވާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

https://twitter.com/ali20waheed/status/1180910139173306368

އަލީ ވަހީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސޯލިހް މިރާއްޖޭގައި އިސްލާމީ ވަހުދަތު ނަގަހައްޓާ ދަމަހައްޓާނެ ކަމަށާއި ދީނަށް ފުރައްސާރަ ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް