"ސިސްކާ ޖަޒީރާ" ކެރަމް ބޯޑު ރާއްޖެއަށް ތައާރަފް ކޮށްފި

ފިންލެންޑް، ރަޝިއާ އަދި އިންޑިއާގެ ލަކުޑި ހިމަނައިގެން  "ސިސްކާ ޖަޒީރާ" ކެރަމް ބޯޑު ތައާރަފްކޮށްފިއެވެ. ދުނިޔޭގެ އެންމެ މޮޅު ކެރަމް ބޯޑު އުފައްދާ އެއް ކުންފުނިކަމަށްވާ 'ސިސްކާ' އިން ސިސްކާޖަޒީރާގެ ނަމ...

06 Oct 2019 | 17:37

ފިންލެންޑް، ރަޝިއާ އަދި އިންޑިއާގެ ލަކުޑި ހިމަނައިގެން  "ސިސްކާ ޖަޒީރާ" ކެރަމް ބޯޑު ތައާރަފްކޮށްފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކެރަމް ބޯޑު އުފައްދާ އެއް ކުންފުނިކަމަށްވާ 'ސިސްކާ' އިން ސިސްކާޖަޒީރާގެ ނަމުގައި އިންޓަރނޭޝަނަލް ސްޓޭންޑަރޑްގެ ކެރަމް ބޯޑް މިއަދު ތައާރަފްކޮށްފައިވަނީ  މ. މުލީގައި މިއަދު ހެނދުނު ފެށުނު އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސްގައެވެ.

ސިސްކާ ކުންފުނީގެ ވެރިޔާ އަތުލް މެހެރާ ވިދާޅުވީ " އަޅުގަނޑުމެން މިއަންނަނީ ސިސްކާގެ އުފެއްދުންތައް ބޭނުންކުރާ ކުޅުންތެރިންނާއި އަދި ގައުމީ އެސޯސިއޭޝަންތަކާއެކު އޮންނަ އިތުބާރާއި ގުޅުން ވަރުގަދަކުރަން މަސައްކަތްކުރަމުން. އަދި ހަމައެހެންމެ މުބާރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ބޯޑު ހޯދައިދިނުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ސިސްކާ ޖަޒީރާ ބޯޑު އެކުލެވިގެންވަނީ ދުނިޔޭގެ އެކި ގައުމުތަކުން ހޯދާފައިވާ އެންމެ މޮޅު ލަކުޑީގައި. ރާއްޖޭގެ މާކެޓަށް ސިސްކާ ޖަޒީރާ ފޯރުކޮށްދީ، ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ބްރޭންޑަކަށް މި ބްރޭންޑްވާނެ ކަމަށް އުއްމީދުކުރަން."

މި ޓެސްޓް އަށްފަހު ސިސްކާޖަޒީރާ ސީރީސްގެ ކެރަމް ބޯޑު ދުނިޔޭގެ މާކެޓަށް ނެރުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް