މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މިޕްރޮމޯޝަން ކުރިއަށްދާނީ 6 އޮކްޓޯބަރު 2019 އިން ފެށިގެން 15 ޖެނުއަރީ 2020 ގެ ނިޔަލަށް ކަމަށާއި އެގޮތުން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައަކުން ކަނޑައެޅިފައިވާ އައިޓަމްސްތަކަކަނުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެ ކަމުގައި ރެޑްވޭވުން ބުނެއެވެ. އަދި އެގޮތުން އަދި މިޕްރޮމޯޝަނުން ގިނަފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ.
އެގޮތުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި ހަމަ މިއާއިއެކު، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ. އަދި މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ޙާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެއެވެ.
މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރައްވާ ފަރާތްތަކަށް ބައިވެރިވެވަޑައި ގަނެވޭނެއެވެ. އަދި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖް (http://fb.com/redwavemaldives/ (ލިބިވަޑައިގަންނަވާނެއެވެ.
ރެޑްވޭވުން މައުލޫމާތު ދެއްވާގޮތުގައި، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް މިދިޔަ އަހަރު ލިބުނުފަދަ ބޮޑު ތަރުހީބެއް މިއަހަރުވެސް ލިބޭނެކަމުގައި އެކުންފުނިން ޔަޤީންކުރެއެވެ. ރެޑްވޭވްގެ އިލްތިމާސަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރެއްވުމެވެ.
[contentcards url="http://fb.com/redwavemaldives"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް