އަނިޔާކޮށް ބޮލަށް ތަޅުދަނޑިއެއް ކޮއްޕާލައި އެއްލާލާފައި އޮއްވާ ފެނުނު ޒުވާނާއަށް އަނިޔާކުރި މައްސަލައިގާ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ރޭ 07:00 ހާއިރު 35 އަހަރުގެ މީހަކަށް އަނިޔާކޮށް ބޮލަށް ތަޅުދަނޑިއެއް ކޮއްޕާލައި އެއްލާލާފައި އޮތީ އައްޑޫ ސިޓީ ހުޅުދޫގެ ފްލެޓް ސަރަހައްދަށެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނެފައިވާގޮތުގައި މި މައްސަލައިގައި މިއަދު ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި އަދި 26 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ފުލުހުން ރޭގައި ބުނެފައިވާގޮތުގައި އަނިޔާ ލިބިފައިވާ މީހާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލައި، ގައިގެ އެކި ތަންތާ ތަޅާފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އަދި ހުޅުދޫ ހެލްތު ސެންޓަރުގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހެލްތު އެ ސެންޓަރުން ރޭގެ ވަގުތެއްގައި ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ބޮލަށް ތަޅުދަނޑިއެއް ކޮއްޕާލާފައިވާކަމަށާއި އިތުރު އަނިޔާތައްވެސް ކޮށްފައިވާކަމަށެވެ. ހާލު ސީރިއަސް ނޫން ނަމަވެސް ބޮލުގެ އެކްސްރޭއެއް ހަދަން ޖެހޭތީ ރޭގެ ވަގުތެއްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ބަދަލުކުރި ކަމަށްވެސް ހުޅުދޫ ހެލްތު ސެންޓަރުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް