މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އަކީ އެމްޑީޕީގެ ގޮތްޕެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ އެމްޑީއެންގެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި މި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ ގުޅުމެއް އޮންނަ ކަމަށެވެ. މުންދު ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގާއި ޖަމިއްޔާގައި ތިއްބެވި ބައެއް ބޭފުޅުންނާއި އާއިލާ މީހުން ތިއްބެވި ކަމަށެވެ.
މުންދު ވިދާޅުވީ އެމްޑީއެންގެ އެ އަމަލަކީ ދިވެހިން ދުވަހަކުވެސް ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމަކީ ދިވެހިން އެއްވެސް އިރެއްގައި ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލއާ ގުޅިގެން އެމްޑީއެންގެ އިސްވެރިން ފުލުހުން ހައްޔަރު ކުރަންޖެހޭ ކަމަށެވެ. އަދި އެ ޖަމިއްޔާއަކީ އުވާލަން ޖެހޭ ޖަމިއްޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލާގައި މިހާތަނަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެއްޗެއް ވިދާޅުނުވާތީ އޭނާ ވަނީ އެ ދެޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އެމްޑީއެންގެ މައްސަލާގައި އެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައިވާއިރު ފުލުހުން ރޭ ބުނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިއަދުގެ ވަގުތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ރިޕޯޓުގައި މާތްﷲއާ ރަސޫލާއަށް ބަދުބަސް ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް