"އަންނަނީ އަންނަނީ" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ކޮންގްރެސް ޕާޓީގެ ކޯލިޝަން އިން ރެލީ އެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ އެ ރެލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ.
އެގޮތުން ހުކުރު ދުވަހުގެ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ރެލީގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.
މި އަހަރުގައި އިދިކޮޅު ކޯލިޝަނުން މާލޭގައި ތިން ރެލީއެއް ބާއްވާފައިވެއެވެ. އަދި މި ރެލީ ތަކުގައި އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް