ރ. އަތޮޅުގައި ޖަނަވާރުގެ ސަބަބުން ޖެހޭ ބަލިތަކާއި ގުޅޭ ޕްރޮގްރާމެއް ފަށައިފި

ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަށް ދެނެގަތުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހިންގާ އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާ...

06 Oct 2019 | 11:06

ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަށް ދެނެގަތުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހިންގާ އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމް ރ. އަތޮޅުގައި ފަށައިފިއެވެ.

ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ މި ޕްރޮގްރާމް މި އަހަރު ހިންގުމަށް ރާވާފައިވަނީ ރ އަތޮޅުގެ އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު އަދި ދުވާފަރުގައެވެ.

އެގޮތުން މިހަތަރު ރަށުގައިވެސް ބަކަރިއާއި ކޯލިދޫނީގެ ބާވަތްތައް ގެންގުޅުމުގެ އިތުރުން ވިއްސާ އާލާކުރުމަކީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ކޯލިދޫންޏަށާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި، އެ ބަލިތައް ދެނެގަންނަށް ކިޔާދެވޭނެއެވެ.

މި ފާމްތައް ބަލައިފާސްކުރުމުގެ އިތުރުން އެފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސެމްޕަލް ނެގުމަށްފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފް.އެމް.ޑީ) އަށް ވަގުތުން ޓެސްޓުކުރުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

މި ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ޙާލަތު ބަލައި ރަނގަޅުކުރަންވީ ކަންތައްތަކާ ބެހޭގޮތުން ލަފާދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޖަނަވާރުތަކުގެ ސިއްޙީ ޙާލަތު ބަލެމައް ފަހު ބަލި ޖަނަވާރުތަކަށް ފަރުވާދެވޭނެއެވެ.

މިޕްރޮގުރާމުގެ ތެރޭގައި ހަތަރުރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް