އިންޑިއާ- މޯލްޑިވްސް ކެރަމް ޓެސްޓް ސީރިސް މ. މުލީގައި ފަށައިފި

އިންޑިއާ އިން ރާއްޖޭގެ ގައުމީ ކެރަމް ޖޫނިއަރ އަދި ސީނިއަރ ޓީމްތަކާ އެކު ކުޅޭ ފަސް މެޗްގެ ޓެސްޓް ސީރީސް މިއަދު ފަށައިފިއެވެ. މިއަދު މ. މުލީގައި ފެށުނު މި ސީރީސްގެ ކުޅުން މިއަދާ މާދަމާ ކުރިއަށް ދާނެ އެވ...

06 Oct 2019 | 09:22

އިންޑިއާ އިން ރާއްޖޭގެ ގައުމީ ކެރަމް ޖޫނިއަރ އަދި ސީނިއަރ ޓީމްތަކާ އެކު ކުޅޭ ފަސް މެޗްގެ ޓެސްޓް ސީރީސް މިއަދު ފަށައިފިއެވެ.

މިއަދު މ. މުލީގައި ފެށުނު މި ސީރީސްގެ ކުޅުން މިއަދާ މާދަމާ ކުރިއަށް ދާނެ އެވެ. އެއަށްފަހު ލަންކާގެ މޮޅުކުޅުންތެރިންވެސް ހިމައިގެން ކުޅޭ ޕްރެޒިޑެންޓްސް ކެރަމް ލީގް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި ސީރީސް ކުޅުމަށް އިންޑިއާގެ ކެރަމް ޓީމުގައި ޖުމްލަ 20 ކުޅުންތެރިންނާ ފަސް އޮފިޝަލުން ވަނީ ރާއްޖެ އައިސްފައެވެ. އެއީ ސީނިއާ 10 ކުޅުންތެރިންނާއި ޖޫނިއާ 10 ކުޅުންތެރިންނެވެ.

ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ބުނިގޮތުގައި، ރާއްޖެއާ ދެކޮޅަށް ޓެސްޓް ސީރީސް މެޗުތައް ކުޅުމަށް އައިސްފައިވާ އިންޑިއާގެ ޓީމުގައި މޮޅެތި ކުޅުންތެރިންތަކެއް އެކުލެވޭ ކަމަށާއި، އޭގެ ތެރޭގައި ދުނިޔޭގެ ސިންގަލްސް ރޭންކްގެ އެއްވަނަ ޕްރަޝާންތް މޯރޭ އާއި ގިނަ ފަހަރުތަކެއްގައި ދުނިޔޭގެ ތަށި ހޯދައިފައިވާ ރަޝްމީކުމާރީ ހިމެނޭ ކަމަށެވެ.

ޓެސްޓް ސީރީސްގައި ޖުމްލަ ފަސް މެޗު ކުޅޭ އިރު، އޭގެ ތެރެއިން ތިން މެޗު ގެންދާ ޓީމެއް މޮޅުވާނެ އެވެ.

ޓެސްޓް ސީރީސްގެ މަގްސަދަކީ  2024 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ކުޅުންތެރިންނަށް ދުނިޔޭގެ އެންމެ މޮޅު ކެރަމް ކުޅުންތެރިންނާއެކު ގިނަމެޗްތަކެއް ކުޅުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް ކެރަމް އެސޯސޮއޭޝަނުން ބުނެއެވެ.

ރާއްޖޭގެ ކެރަމް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާކަން ފާހަގަކޮށްލެވެ އެވެ. އެންމެ ފަހުން ބޭއްވުނު ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ދިވެހި އަންހެން ޓީމް ވަނީ ތިންވަނަ ހޯދާފައެވެ. އަދި 23 އަހަރަށް ފަހު ދިވެހި ފިރިހެން ޓީމްވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް