ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އާއި އެކީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.
ސޯނަމްގެ ދެމަފިރިންގެ މި ޗުއްޓީ ދަތުރުގައި އޭނާގެ ކޮއްކޮ ރިއާ ކަޕޫރާއި، އޭނާ ކައިވެނިކުރަން އުޅޭ ކަރަން ބުލާނޫ ވެސް ވަނީ ރައްޖެ އައިސްފައެވެ. މީގެ އިތުރުން ވެސް އާއިލީ އިތުރު މެމްބަރުން ވެސް ވަނީ މިދަތުރުގައި ބައިވެރިވެފައެވެ.
އިއްޔެ އެމީހުން ރާއްޖެ އައިސްފައިވާއިރު، އެމީހުން ތިބެނީ ސޮނޭވާ ފުށީގައެވެ. ސޯނަމްގެ އިންސްޓްގަރާމް ސްޓޯރީގައި ސޮނޭވާ ފުށީގެ ރީތި މަންޒަރުތައް ދަނީ ހިއްސާ ކުރަމުންނެވެ.
ސޯނަމް އާއި ރިއާ މީގެ ކުރިން ވެސް ރާއްޖެ އައިސް ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ބޭރު ފަންނާނުން ދަނީ ގިނަވަމުންނެވެ. ހާއްސަކޮށް ބޮލީވުޑް ތަރިންނަށް ޗުއްޓީ ހޭދަކޮށްލަން އަންނަން ރާއްޖޭ އަކީ އެއް ވަނަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް