ޔޫއެފްސީ 243 މެއިން ކާޑް އިވެންޓް ދިރާގު ޓީވީ އިން ވަގުތުން

އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) 243 މެއިން ކާޑް އިވެންޓް ދިރާގު ޓީވީން ވަގުތުން ދައްކާނެ ކަމަށް ދިރާގުން ބުނެފިއެވެ. ދިރާގުން ބުނިގޮތުގައި، ޔޫއެފްސީ 243 މެއިން ކާޑްގެ މެޗްތައް ދިރާގު ޓީވ...

06 Oct 2019 | 08:06

އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) 243 މެއިން ކާޑް އިވެންޓް ދިރާގު ޓީވީން ވަގުތުން ދައްކާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނިގޮތުގައި، ޔޫއެފްސީ 243 މެއިން ކާޑްގެ މެޗްތައް ދިރާގު ޓީވީގެ އިތުރުން، އެ އެޕްލިކޭޝަން، ސޮނީ ޓެން ޓޫ އެޗްޑީ، ސޮނީ ޓެން ތްރީ އެޗްޑީ އަދި ސޮނީ ސިކްސް އެޗްޑީ އިން ބަލައިލެވޭނެ އެވެ.

ޔޫއެފްސީ 243 މެއިން ކާޑް އިވެންޓްގެ ފުރަތަމަ މެޗް މިއަދު ދިރާގު ޓީވީ އިން ވަގުތުން ދައްކާފައިވާއިރު، މިއަދު ކުޅުނީ ފައިޓިންގ ޗެމްޕިއަން ރޮބާޓް ވިޓިކާ އާއި ވަރުގަދަ ފައިޓަރު އިސްރާއިލް އަޑަސާނިޔާ އެވެ. މި އިވެންޓްގައި ޖުމްލަ 40 މެޗު ކުޅޭނެއެވެ.

މި މުބާރާތުގައި ކުރިއަށް ހުރި މެޗްތަކުގެ ތަފްސީލު ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އަޕްޑޭޓް ކުރަމުން ދާނެއެވެ.

ޔޫއެފްސީގެ އިވެންޓަކީ ދިވެހިންގެ ތެރޭގައި މަގްބޫލު އިވެންޓަކަށް ވާއިރު، ދިރާގުން އަބަދުވެސް ދިވެހިންނަށް ފަސޭހަގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރެއެވެ. މި ކުޅިވަރަކީ 300 މިލިއަނަށްވުރެ ގިނަ މީހުން ބަލާއިރު، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް 70 މިލިއަން މީހުން ކޮންމެ އަހަރަކު ވެސް މި ކުޅިވަރު ބަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް