ދިރާގުން ޓީޗަރުންނަށް "އޭ ޕްލަސް" ޕެކޭޖެއް

ޓީޗަރުންގެ ދުވަހާއި ގުޅިގެން ހުރިހާ ޓީޗަރުންނަށް ދިރާގުން ހާއްސަ "އޭ ޕްލަސް" ޕެކޭޖެއް ތައާރަފްކޮށްފި އެވެ. ދިރާގުން ޓީޗަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މި ޕެކޭޖުން އަލަށް ގުޅާ ފައިބާ ބްރޯޑްބޭން ކ...

06 Oct 2019 | 07:45

ޓީޗަރުންގެ ދުވަހާއި ގުޅިގެން ހުރިހާ ޓީޗަރުންނަށް ދިރާގުން ހާއްސަ "އޭ ޕްލަސް" ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ޓީޗަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މި ޕެކޭޖުން އަލަށް ގުޅާ ފައިބާ ބްރޯޑްބޭން ކަނެކްޝަން ހިލޭ ގުޅައި ދެއެވެ. ޕޯސްޓްޕެއިޑްގެ މަތީގެ ޕެކޭޖްތައް ގެންގުޅޭ ޓީޗަރުންނަށް ތިން މަހަށް ދެ ޖީބީ އާ ހަމައަށް ހިލޭ ޑޭޓާ ވެސް ލިބެއެވެ. ހިލޭ ޑޭޓާ ލިބޭނީ 350 އިން މަތީގެ ޕެކޭޖުގެ ޕޯސްޓްޕެއިޑް ނަންބަރުތަކަށެވެ.

މީގެ އިތުރުން، މި ޕެކޭޖްގެ ދަށުން ދިރާގުން ގަންނަ ފޯނުތަކަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާއިރު، ފޯނާއި އެކީ ބޭނުންކުރެވޭ ތަފާތު އެކްސެސަރީޒް ވެސް ހިލޭ ލިބެއެވެ.

ޓީޗަރުންނަށް ހާއްސަކުރެވިފައިވާ މި ޕެކޭޖުގައި، އެހެން ނަންބަރުތަކަށް ހިލޭ ގުޅޭއިރު، ވޮއިސް ޕެކޭޖްތަކާއި އެޑްއޮންތައް ވެސް ފަސޭހައިން ގަނެލެވޭނެ އެވެ.

ދިރާގުން ޓީޗަރުންނަށް ދޭ "އޭ ޕްލަސް" އޮފާ ކުރިއަށް ދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮފާ އެކްޓިވޭޓްކުރުމަށް، މިކަމަށް ހާއްސަކުރެވިފައިވާ ފޯމެއް ފުރުމަށްފަހު، އެޓީޗަރަކު މަސައްކަތްކުރާ އިދާރާގެ ތައްގަނޑު ޖެހުމުން އެކަން ވާނެއެވެ. ދިރާގުގެ ކޮންމެ ސާވިސް ސެންޓަރަކަށްވެސް މި ފޯމު ލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް