ކަޝްމީރު މައްސަލާގައި އޯއައިސީން ނިންމި ނިންމުމަށް ރާއްޖެއިން ދެކޮޅު: ނަޝީދު

ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ "އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)" އިން ނިންމާފައިވާ...

06 Oct 2019 | 06:58

ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ "އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)" އިން ނިންމާފައިވާ ނިންމުމަށް ރާއްޖެއިން ތާއީދު ކުރެވެން ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވާލްޑް ފައިނޭންޝަލް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަހިންދޫ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކަޝްމީރު މައްސަލައަކީ އިންޑިއާގެ ދާހިލީ ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އިންޑިއާއަކީ ބޮޑު ޑިމޮކްރަސީއެއް ކަމަށާއި އޯއައިސީގެ ގައުމުތަކުގެ ތެރެއިން ޑިމޮކްރަސީ އޮންނަނީ މަދު ގައުމެއްގައި ކަމަށެވެ.

"ރާއްޖެއަކަށް ނެތް އޯއިއިސީގެ ނިންމުމަށް ތާއީދުކުރެވޭކަށް. އޯއައިސީގެ މަދު ގައުމެއްގައި ޑިމޮކްޜަސީއެއް އޮތޯ. އެހެންވީމާ، ޑިމޮކްރަސީއެއް އޮތް އިންޑިއާ ފަދަ ގައުމެއްގެ އިންސާނީ ހައްގުތަކާބެހޭ ގޮތުން އޯއައިސީން އެއްޗެއް ބުނެވޭނެކަމަކަށް ގަބޫލެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

ކަޝްމީރު މައްސަލާގައި އިންޑިއާއާ ޕާކިސްތާނާއި ދެގައުމުގެ ދެމެދުގައި ހަމަލާތައް ކުރިއަށްދާއިރު އެ މައްސަލާގައި ދެގައުމުގެ ވެރިންގެ ވެސް ބަހުގެ ހަމަލާތައް އަންނަނީ ރައްދު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް