ދީނަށް ނަސްރު ހޯދަން މަސައްކަތް ކުރުމަކީ ސިޔާސީވުން ނޫން ކަމަށް ބުނެ ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓާއި ގުޅިގެން ގިނަބަޔަކު އެމަނިކުފާނަށް ފާޑު ކިޔަމުން އަންނައިރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މީހަކަށްވުމުގެ މާކުރިން އުފަންވީ ސިޔާސީ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ދީނަށް ނަސްރު ހޯދަން މަސައްކަތް ކުރުމަކީ ސިޔާސީވުން ނޫން ކަމަށެވެ.
https://twitter.com/SembeHucen/status/1180510308533538817
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ބަދުބަސްވުނެ ފުރައްސާކޮށްފައި ވާތީ ގިނަބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އަދި އިސްރާ އާއި މިއުރާޖަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށް ބުނެފައި ވެއެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށްވެސް ވަކާލާތު ކޮށްފައި ވެއެވެ.
މި ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް