ޤަވާއިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާ 458 ސްޓިކާ ޖަހައިފި

ނިމިދިޔަ ހަފްތާ ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން 458 ވެހިކަލުގައި ސްޓިކާ ޖަހައިފިއެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދ...

06 Oct 2019 | 05:14

ނިމިދިޔަ ހަފްތާ ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން 458 ވެހިކަލުގައި ސްޓިކާ ޖަހައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 458 ސައިކަލުގައި ވަނީ ސްޓިކާ ޖަހައިފައެވެ.

ޤަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.

މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ 1332 ވެހިކަލެއް ބަލައި ފާސްކޮށްފައެވެ. މީގެ އިރުރުން، ލައިސަންސް ކާޑު ނެތި ދުއްވި 56 މީހަކު ހިފަހައްޓާފައިވާއިރު، ލައިސަންސް ނެތް 94 މީހަކު ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް