މަހަށް ގޮސް އުޅުނު މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާ ދޭން ފަށައިފިއެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު 6:30 ހާއިރު، ޅ.ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑަށް މި މައުލޫމާތު ލިބުމާއި އެކީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށެވެ.
މި ހާދިސާގައި ބުޅިއެއް ހެރިފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށެވެ. ސީއެމްބިއުލެންސްގައި ޅ.ނައިފަރަށް ގެންގޮސް އެމީހާ އަށް ޅ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް