ބޮލީވުޑް ތަރި "ޝެނާޒު ޓްރެޒަރީ" ރާއްޖޭގައި

ބޮލީވުޑް ބަތަލާ، ޝެނާޒު ޓްރެޒަރީ "ޝަންގްރިއްލާ މޯލްޑިވްސް" ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެ އެވެ. ޝެނާޒު ޓްރެޒަރީ އަކީ ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ. އެގޮތުން 2001 އިނ...

06 Oct 2017 | 06:43

ބޮލީވުޑް ބަތަލާ، ޝެނާޒު ޓްރެޒަރީ "ޝަންގްރިއްލާ މޯލްޑިވްސް" ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެ އެވެ.

ޝެނާޒު ޓްރެޒަރީ އަކީ ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ. އެގޮތުން 2001 އިން ފެށިގެން މި އަހަރާއި ހަމައަށް 13 ފިލްމެއް ކުޅެފައި ވެ އެވެ. އެންމެ މަޝްހޫރު ވެފައިވަނީ 2003 ވަނަ އަހަރު ކުޅުނު ފިލްމު އިޝްޤު ވިސްޤުންނެވެ.

ޝެނާޒު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ޝަންގްރިއްލާގައި ނަގާފައިވާ ބައެއް ފޮޓޯތައް އޭނާ ވަނީ އިންސްޓަގްރާމް ކޮށްފަ އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާގޮތުގައި ރާއްޖޭގައި މިވަގުތު ޝެނާޒު ޗުއްޓީ ހޭދަކުރަމުން އަންނަނީ ފަތުރުވެރިކަމާ ބެހޭ ކޮންމެވެސް ވީލޮގެއް ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ޝެނާޒު މިވަގުތު އެއްވެސް ފިލްމެއްގައި ސޮއި ކޮށްފައެއް ނުވެ އެވެ. މި އަހަރު އޭނާގެ އެއް ފިލްމު ރިލީޒް ކޮށްފައި ވެ އެވެ. އެއީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި "ދަ ބިގް ސިކް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް