މޫދުކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ދިރާގުގެ ފަރާތުން މާދަމާ ވިލިމާލޭގައި އޮތީ ބޮޑު އީދެއް

ދިރާގު ޔޫތްފެސްޓް 2017 ވޯޓާ ސްޕޯޓްސް އެޑިޝަން 7 އޮކްޓޯބަރ 2017 ވާ ހޮނިހިރު ދުވަހު ވިލިމާލޭ ވޯޓަރ ސްޕޯޓްސް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފި އވެ. ދިރާގުން ބުނީ މި ފެސްޓިވަލް އޮން...

06 Oct 2017 | 04:41

ދިރާގު ޔޫތްފެސްޓް 2017 ވޯޓާ ސްޕޯޓްސް އެޑިޝަން 7 އޮކްޓޯބަރ 2017 ވާ ހޮނިހިރު ދުވަހު ވިލިމާލޭ ވޯޓަރ ސްޕޯޓްސް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފި އވެ.

ދިރާގުން ބުނީ މި ފެސްޓިވަލް އޮންނާނީ މާދަމާ ހެނދުނު 10 އިން އިރުއޮއްސި 6 ޖަހަން ދެން ކަމަށެވެ.

"މި ފެސްޓިވަލްގެ އެންމެ ހާއްސަ ކަމަކީ ބައިވެރިންނަށް މުޅިން ހިލޭ މޫދުކުޅިވަރު ނުވަތަ ވޯޓާ ސްޕޯޓްސް ކުޅުމުގެ ފުރުސަތު ލިބުން، މީގެ އިތުރުން ފެސްޓްގައި ލައިވް މިއުޒިކާއި، ބާބެކިއު އަދި ތަފާތު ބީޗް ކުޅިވަރުތައް އޮންނާނެ" ދިރާގުން ހާމަކުރެ އެވެ.

ދިރާގުން އިތުރަށް ބުނީ މި ފެސްޓިވަލް ބާއްވަނީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުޗާނުންނަށް ހުޅުވާލުމުގެ މަގުސަދުގައިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް