ދޯނި އަޑިއަށްގޮސް ކަނޑުވި ތިން މީހުން ފެނިއްޖެ – ދޯނި އަދިވެސް ނުފެނޭ

މާލެއިން އ އަތޮޅަށް ދަތުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދިއުމުން ކަނޑުވި ތިން މީހުން ފެނިއްޖެ އެވެ. ފުލުހުން ބުނެފައިވަނީ އެ ތިން މީހުން ފެނިފައިވަނީ ރަންނާޅި ރިސޯޓު ބޭރުގައި ޕެލެޓު ތަކެއްގެ މަތީގައި ތި...

06 Oct 2017 | 04:20

މާލެއިން އ އަތޮޅަށް ދަތުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދިއުމުން ކަނޑުވި ތިން މީހުން ފެނިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ އެ ތިން މީހުން ފެނިފައިވަނީ ރަންނާޅި ރިސޯޓު ބޭރުގައި ޕެލެޓު ތަކެއްގެ މަތީގައި ތިއްބާ ކަމަށެވެ. އަދި އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށެވެ. ތިން މީހުން ފުލުހުންގެ ލޯންޗެއްގައި މާލެ ގެނައުމަށް ދަތުރުފަށާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމުން ހޯދަން ފަށާފައިވަނީ "އުންމީދު" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ދޯނި ދިޔަވަމުން އަންނަކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ފަތިހު 05:30 ގައި ކަމަށެވެ. އެވަގުތުން ފެށިގެން ކޯސްޓްގާޑުން އެ ދޯނި އަދި ދޯނިން ދަތުރުކުރި މީހުން ހޯދަން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައި ވެ އެވެ. އަދި އެ ދޯންޏާއި މީހުން ހޯދުމަށް ހެލިކޮޕްޓަރުވެސް ބޭނުންކުރަން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދޯނިން ދަތުރުކުރި މީހުން ފެނުނު ނަމަވެސް އެ ދޯނި އަދި ފެނިފައެއް ނުވެ އެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި ކަނޑުވެފައިވަނީ ދިވެއްސަކާއި ބިދޭސީ ދެމީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް