މާލޭ މަގުމަތި -- ދުވަސް ފޮޓޯ
މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން ވަނީ މި ބަލި ޖެހޭ މީހުންގެ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި ފެނާއި ސޫޕު ފަދަ ދިޔާ އެއްޗެހި ގިނައިން ބޭނުންކުރުމަށް ބާރު އަޅައިފައެވެ. އޭގެ އިތުރުން ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމާއެކު ފާޚާނާ ސެނިޓައިޒްކޮށް ސާފުކުރުމުގެ މުހިންމުކަން ވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
ބައްޔާ ގުޅިގެން ނުރައްކާތެރި ބައެއް ޢަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ. އެ ޢަލާމާތްތަކުގެ ތެރޭގައި ތަކުރާރުކޮށް ހޮޑުލެވުމާއި މާ ބޮޑަށް ވަރުދެރަވެ ދިޔާ އެއްޗެހި ނުބެވުމާއި ބޮލަށް އެނބުރުން އެރުމާއި އާދަޔާ ޚިލާފަށް ކަރުހިއްކައި ބަނޑުގައި ރިހުން ހިމެނެއެވެ.
ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭހުރުމާއި ކުޑަކަމުދެވޭ މިންވަރު ދަށްވުމަކީ ވެސް ސީރިއަސް ޢަލާމާތްތައް ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ޢަލާމާތްތައް ހުންނަ ކުދީން ޢަލާމާތްތައް މުޅީން ރަނގަޅުވާތާ 24 ގަޑިއިރު ހަމަވަންދެން ސްކޫލަށް ނުފޮނުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. ހަމައެފަދައިން ބޮޑެތި މީހުން ވެސް އެ މުއްދަތުގައި ވަޒީފާއަށް ނުގޮސް ގޭގައި މަޑުކުރުމަށް އެ އެޖެންސީން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް