އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ. މާވަށް މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަންކުރައްވައިފިއެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ ޤާނޫނ...

06 Sep 2026 | 16:00
އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު -- ފޮޓޯ: މަޖިލީސް

އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު -- ފޮޓޯ: މަޖިލީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ. މާވަށް މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަން ކުރެއްވީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ އެކި ފެންވަރުގެ މަޤާމުތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

2014 އިން 2019 އަށް ވެސް އޭނާވަނީ އިންފޮމޭޝަން ކޮމިޝަނަރުކަން އަދާކުރައްވައިފައެވެ. އޭގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރސް ފަދަ ސަރުކާރުގެ އިސް މަޤާމުތައް ވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

އެމަނިކުފާނު އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް