މިނިސްޓަރު ޝަހީމް ޕީއެންސީއަށް ސޮއި ކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރައްވައިފި އެވެ. މިނިސްޓަރު ޝަހީމް ވަނީ މިކަން "ދުވަސް" އަށް ކަށަވަރު ކޮށްދެއް...

06 Sep 2026 | 10:57
މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރައްވައިފި އެވެ.

މިނިސްޓަރު ޝަހީމް ވަނީ މިކަން "ދުވަސް" އަށް ކަށަވަރު ކޮށްދެއްވާފައި އެވެ.

މިނިސްޓަރު ޝަހީމް ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ އަދާލަތު ޕާޓީންނެވެ. އެ ޕާޓީ އުފެއްދުމާއި ހިންގެވުމުގައި އިސް ދައުރެއް އޭނާ އަދާ ކުރެއްވި އެވެ.

ޕާޓީގެ އިސްވެރިންނާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި އޭނާ އެޕާޓީން 2015 ވަނަ އަހަރު ވަކިވެވަޑައިގެންނެވި އެވެ. ނަމަވެސް މިދިޔަ އަހަރު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ.

ޝަހީމް މީގެ ކުރީގެ ދެ ވެރިކަމެއްގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އިރު ވެރިކަން ކުރެއްވި މައި ޕާޓީ އާއި ގުޅިވަޑައިގެންފައެއް ނުވެ އެވެ.

ޝަހީމް އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެވެ. ދެ ވަނަ ފަހަރު މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިރު ޝަހީމް ހުންނެވީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިގެންނެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް