ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓު ހިނގާފައިވޭ --
ހުޅުމާލޭ ފޭސް ދޭއްގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ފޭސް ދޭއްގެ ނިރޮޅުމަގު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއޭސް) ކައިރީގައި ކަަމަށެވެ. އެކްސިޑެންޓުގެ ރިޕޯޓު ކުރީ ހެނދުނު 8:54 ހާއިރު އެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވެގެން ފަރުވާ ދެމުން ދަނީ ދެ ސައިކަލް ދުއްވި މީހުންނަށެވެ.
އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގުން މަދު ކުރުމަށް ފުލުހުންނާއި އެޗްޑީސީ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ވަނީ މަޝްވަރާ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް