އެ ދެ ފުލުހުން ކުރީ ސަރުކާރުން ވަޒީފާއިން ވަކި ކުރި، ވަޒީފާ އަލުން ދިނީ މި ސަރުކާރުން: އުމަރު ނަސީރު

ރަހީނުކޮށް މަރާލާފައިވާ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ކުރީގެ ސަރުކާރުގައި ވަޒީފާއިން ވަކި ކުރި ކަމަށާއި އަލުން އެ ދެ ފުލުހުންނަށް ވަޒީފާ ދިނީ މި ސަރުކާރުން ކަމުގައި ކުރީގެ...

06 Sep 2019 | 18:36

ރަހީނުކޮށް މަރާލާފައިވާ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ކުރީގެ ސަރުކާރުގައި ވަޒީފާއިން ވަކި ކުރި ކަމަށާއި އަލުން އެ ދެ ފުލުހުންނަށް ވަޒީފާ ދިނީ މި ސަރުކާރުން ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވެފައިވަނީ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތަކީ ކުރީގެ ސަރުކާރުން މައްސލަ ބަލާ ވަޒީފާއިން ވަކޮށްފައިވާ ދެ ފުލުހުން ކަމަށެވެ.

"މި ދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައިވަނީ މި ސަރުކާރުން" އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު އިތުރަށް ވިދާޅުވެފައިވަނީ މިކަން އާންމުންނަށް ފޮރުވުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް އިން ޕޮލިސް ކޮމިޝަނަރު ހާޒިރުކޮށް ސުވާލުކުރި ބައްދަލުވުން ވަނީ ސިއްރު ކޮށްފައި ކަމަށެވެ.

މިކަމުގައި ފުލުހުންގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް