ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގާ ތަހްގީގަށް ހުރަސް އެޅި ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުފެންނަ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގު ކުރާ ކޮމިޝަނުން ބުނެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނުސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރިލްވާން މަރާލި މައްސަލައަކީ މިހާރުވެސް އެ ކޮމިޝަނުން ތަހްގީގު ކުރަމުންދާ އެ ކޮމިޝަނުގެ ހާއްސަ އިހްތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލައަކަށް ވާތީއާއި އެ މައްސަލައިގާ ހިމެނޭކަމަށް ބުނާމުވައްޒަފުންގެ ބައިވެސް ހިމެނޭގޮތުން އެ ކޮމިޝަނުން ކުރެވުނު ޖިނާއީ ތަހްގީގުން ހެއްކާއި ގަރީނާތައް ހޯދައި މައުލޫމާތު އާންމުކޮށްފައިވާ މައްސަލައަކަށް ވާތީ އެ މައްސަލައާއި ގުޅިގެން ޖިނާއީ އިޖުރާއަތުތަކެއް ފުލުހުން އަލުން ހިންގުމުގެ ކުރިން ރޭގެ ވަގުތެއްގައި ފުލުހުން އެ ކޮމިޝަނަށް ފޯނުން ގުޅާ މަޝްވަރާ ކުރި ކަމަށެވެ.
"މިގޮތުން ކުރެވުނު މަޝްވަރާގައި އެ ކޮމިޝަންގެ ފފަރާތުން މި ސާވިސްއަށް މައުލޫމާތު ދެއްވާފައިވަނީ ކުރީގެ ބައްދަލުވުންތަކުގައިވެސް ފާހގަކޮށްފައިވާ ފަދައިން އެ ކޮމިޝަނުން މިހާތަނަށް ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކިތައް ލިބިފައިނުވާތީ އެ މައްސަލައާއި ގުޅިގެން މަތީގައި ބަޔާންކޮށްފައިވާ ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތްކަމަށް ނުދެކޭ ކަމަށާއި ނަމަވެސް އެ ފުލުހުންނާއިމެދު އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މި ސާވިސްގެ ފަރާތުން އެ ފުލުހުންގެ މައްސަލަ ތަހްގީގު ކުރަން ފެންނަ ކަމަށެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ .....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް