މުގާބޭ އަވަހާރަވެއްޖެ

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވެއްޖެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 95 އަހަރެވެ. މުގާބޭގެ އާއިލާއިން ބުނެފައިވާގޮތުގައި އޭނާ އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އާލާސްކަންފު...

06 Sep 2019 | 09:15

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވެއްޖެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 95 އަހަރެވެ.

މުގާބޭގެ އާއިލާއިން ބުނެފައިވާގޮތުގައި އޭނާ އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

މުގާބޭ އަވަހާރަވިކަން ޒިމްބާބްވޭގެ މިހާރުގެ ރައިސް އެމަސަން މުނަންގަގްވާވަނީވެސް އިއުލާނު ކުރައްވާފައިވެއެވެ.

ޒިމްބާބުވޭގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މުގާބޭ އެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 1980 ވަނަ އަހަރުގައެވެ. އެއީ އިނގިރޭސީންގެ އަޅުވެތިކަމުން އެ ގައުމު މިނިވަންވި އަހަރުވެސް މެއެވެ. އެންމެ ފުރަތަމަ މުގާބޭ ވެ ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރަށެވެ.

އެހެން ނަމަވެސް އެ ގައުމުގެ ވެރިކަމުގެ ނިޒާމު 1987ގައި ބަދަލުކުރައްވާ ރައިސްކަމާ މުގާބޭ ހަވާލުވެވަޑައިގެންނެވިއެވެ.

މުގާބޭގެ ވެރިކަން ވައްޓާލާފައިވަނީ 2017 ވަނަ އަހަރު އެ ގައުމަށް ގެނައި އަސްކަރީ ބަގާވާތަކުންނެވެ. މުގާބޭ ވަނީ 37 އަހަރު އެ ގައުމުގެ ވެރިކަން ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް